Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

ހަންކެޑެ ބްރިޖް ހުޅުވާނީ އަންނަ މަހުގެ ތެރޭގައި

ކުރިން މިދިޔަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ބުނި އައްޑޫ ހަންކެޑް ބްރިޖް ހުޅުވަން މިހާރު ރޭވިފައި އޮތީ އަންނަ މަހުގެ މެދުތެރޭގައި ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ބްރިޖްގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމި މިހާރު ކުރިއަށް ދަނީ ބްރިޖްގެ ދެ ފަރާތުގައި ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. އިންޑިއާގެ އެފްކޮންސް އިންފްރާންސްޓަރްކްޗާ އިން އަމަލީ މަސައްކަތް ފެށި މި ބްރިޖަކީ 1.4 ކިލޯމީޓަރުގެ ބްރިޖެކެވެ. ބްރިޖްގައި ހަތަރު ލޭން ހިމެނެ އެވެ.

މި ބްރިޖަކީ މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖްގެ ބަދަލުގައި އެޅި ބްރިޖެކެވެ. އެ ސަރަހައްދުގައި އާ ބްރިޖެއް އަޅަން ނިންމީ ހަންކެޑެ ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާތީ އެވެ.

އަލަށް އެޅި ބްރިޖް އޮތީ މަރަދޫ ބޮޑުމަގުގެ ކޮޅުން ބްރިޖް ހައިވޭ އަށް އެރޭ ގޮތަށެވެ.