Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

އެލްޖީއޭގެ ސީއީއޯ ސްޓޭޓް މިނިސްޓަރަކަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ ފޮރިން މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރަކަށް ބަދަލުކޮށްފި އެވެ.

އޭނަ އެލްޖީއޭގެ ސީއީއޯގެ މަގާމަށްް އައްޔަންކުރީ ޑިސެމްބަރު މަހުގެ 26 ގަ އެވެ.

ނަމަވެސް ޒުލްފާގެ މަގާމު ބަދަލުކުރި ސަބަބެއް ސަރުކާރުން ހާމައެއްނުކުރެ އެވެ އަދި އެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ޒުލްފާ ވިދާޅުވި އެވެ.

ކުރިން އެމްޑީޕީގައި އުޅުއްވި ޒުލްފާ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ ރައީސް ޑރ. މުހައްމަދޔު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒުލްފާ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އެވެ.