Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ބީއެމްއެލް ގައުމީ ޓެނިސް މުބާރާތް ނިންމާލައިފި

ކުޅިވަރުގެ މޮޅު ހުނަރު ފެނިގެން ދިޔަ ބީއެމްއެލް ގައުމީ ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ޖުމްލަ 144 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ކުޅުންތެރިން ވަނީ ކޯޓުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާފަ އެވެ. މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިންވެސް ވާދަވެރި ރޫހުގައި ތަފާތު މެޗުތަކެއް ކުޅެފައިވެ އެވެ.

ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އާ ވަނީ އެއްބަސްވެފަ އެވެ.

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް ވަނީ މެޑަލް ހަވާލުކޮށްފަ އެވެ.