Last Updated: July 27, 17:05
Sunday, July 27, 2025
ކުޅިވަރު

އޮލިމްޕިކްސް އިން ރަން މެޑަލް ޖޮކޮވިޗަށް

ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް، އޮލިމްޕިކްސްގެ ފިރިހެން ޓެނިސް ސިންގަލްސް ބައިން ރަން މެޑަލް ސާބިއާގެ ނޮވަކް ޖޮކޮވިޗް ހޯދައިފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 7-6 (7-3)، 7-6 (7-2) އިންނެވެ.

އުމުރުން 37 އަހަރުގެ ޖޮކޮވިޗަކީ އޮލިމްޕިކްސް އިން ރަން މެޑަލް ހޯދި ފިރިހެން ސިންގަލްސް އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އަދި މިއީ އޭނާ އަށް އޮލިމްޕިކްސް އިން ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރުވެސް މެ އެވެ. މިއާއެކު ޖޮކޮވިޗް މިހާރު ވަނީ ޓެނިހުގެ ހުރިހާ ކާމިޔާބީއެއް ހާސިލުކޮށްފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޮކޮވިޗް ބުނީ މިއީ ގައުމަށްޓަކާ ކޮށްދިން ކަމެއް ކަމަށާއި ރަން މެޑަލް ހޯދަން ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. މި މެޗުން މޮޅުވެވޭނީ އެންމެ މޮޅު ކުޅުން ކުޅެގެންކަން ކުރިން ވެސް އެނގޭ ކަމަށް ޖޮކޮވިޗް ބުންޏެވެ.

ޖޮކޮވިޗް އަތުން ބަލިވި އަލްކަރާޒް ރިހި މެޑަލް ހާސިލުކުރިއިރު، މިއީ އޭނާ އޮލިމްޕިކް ގޭމްސްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ލޯ މެޑަލް ގެންދިޔައީ އިޓަލީގެ ލޮރެންޒޯ މުސެއްޓީ އެވެ.