Last Updated: July 27, 17:35
Monday, July 27, 2026
ޚަބަރު

ދޮންދަރިއާ ބެހުނު މީހަކު 16 އަހަރަށް ޖަލަށް

ދޮންދަރިފުޅާ ބެހުނު ފިރިހެނަކު 16 އަހަރަށް ޖަލަށްލާން ކްރިމިނިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި އެ ހާދިސާއާ ގުޅިގެން ދައުލަތުން އެ މީހާގެ މައްޗަށް އުފުލީ އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާގަ އާއި ތަހުގީގީ މަރުހަލާގައިވެސް އެ މީހާ ވަނީ ތުހުމަތުތަތަކާ ދެކޮޅު ހަދައި ކުށަަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭނަގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ އޭނައާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށެވެ.

ރާއްޖޭގައި އެންމެ އާންމު ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިމެނެ އެވެ.