Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޤާސިމް ހައްޔަރުކުރުމުގެ އަމުރު ނެރުނުކަން ވީޓީވި އަށް "ނޭނގުނީ" ކީއްވެ ؟

މި މަހުގެ 1 ގައި އިދިކޮޅު ޕާޓީތަކުން ބޭއްވި މުޒާހަރާ އަށް ހަރަދުކުރި ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ހައްޔަރުކުރުމަށް އަމުރު ނެރެފައިވާއިރު، އެންމެ ހައިރާންކުރުވަނިވި ކަމަކީ ވީޓީވީގެ އިތުރުން ވީނިއުސް އިން ވެސް މިޚަބަރު ގެނެސްދީފައި ނުވާކަމެވެ.

ގާސިމް ހައްޔަރު ކުރުމުގެ އަމުރާ ގުޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު ދާދިފަހުން ގާސިމް އިބްރާހިމް އާއި ޓޫރިޒަމް މިނިސްޓަރ އަހްމަދް އަދީބް ވައިބާ މެދުވެރިކޮށް ކޮށްފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓެއް ވަނީ ލީކުކޮށްލާފައެވެ.

ގާސިމް އަދީބު އަށް ފޮނުވި މެސެޖްގެ ސްކްރީންޝޮޓެއް. ފޮޓޯ/ ވަގުތު
ގާސިމް އަދީބު އަށް ފޮނުވި މެސެޖްގެ ސްކްރީންޝޮޓެއް. ފޮޓޯ/ ވަގުތު

“މިދިޔަ ކަންތައްގަނޑުގައި އެއްވެސް ވަރަކަށް ބައިވެރިއެއް ނުވަން” ކަމަށް ވިދާޅުވެ ގާސިމް އަދީބަށް ވައިބާ އިން މެސެޖްކޮށްފައިވާ އިރު ޖަވާބުގައި އަދީބު ވިދާޅުވެފައި ވަނީ ވީޓީވީ އިން ވަރަށް ރަނގަޅަށް “މަނިކުފާނުގެ އިހްލާސްތެރިކަން” ދޭހަވާ ކަމަށެވެ.

“އެކަމަކު ޖޭޕީގެ ބައެއް މީހުން އަމިއްލަ ގޮތުން ބައިވެރިވި. އެކަމަކު ގާސިމް ބުނިން ޖޭޕީ ބައިވެރިވާން ނުނިންމާތީ ނުދިއުމަށް ގާސިމް ވެސް ނުދާކަމަށް.” ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އެހެން ވިދާޅުވުމަށް ފަހު (27/2/15) މެސެޖްގައި ޖައްސަވާފައިވެއެވެ.

މެސެޖް ކުރިއަށް ގެންދަވަމުން ގާސިމް ވިދާޅުވެފައި ވަނީ ގާސިމް މިހިރީ ފިލާ ނޫންކަމަށެވެ. “(މިހިރީ) ގާސިމް އޭ ކިޔައިގެން އެއްވެސް ވާހަކައެއް ބުނަންވެސް ތަން ނުދިނުމަށްޓަކައި” ކަމަށެވެ.

ވީޓީވީގައި މަސައްކަތްކުރާ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައސަރުކާރާއި 'ދެކޮޅު' އެއްވެސް ޚަބަރެއް ގެނެސްދީގެން ނުވާނެ ކަމަށް ބުނެ ް ސަރުކާރުގެ ފަރާތުން އިންޒާރު ދީފައިވާކަމަށެވެ.

ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރުނު ޚަބަރާއި ސަރުކާރާއި 'ދެކޮޅު' ޚަބަރުތައް ވީޓީވީ އިން ގެނެސްދީފައި ނުވާ އިރު ދައުލަތަށް ޓެކްސް ނުދައްކާ ކަމަށް ބުނެ ގާސިމްގެ ވިލާ ކުންފުނީގެ ބައެއް އެކައުންޓްތައް ފްރީޒްކުރުމަށް އެމްއެމްއޭ އިން އިއްޔެ ވަނީ ބޭންކްތަކަށް އަންގާފައެވެ.

ގާސިމް ހައްޔަރުކުރުމުގެ އަމުރު ނެރުނުއިރު އެބޭފުޅާ ރާއްޖޭގައި ނޫޅުއްވައެވެ. އަދާލަތު ޕާޓީ އިސްވެ އޮވެގެން މި މަހުގެ 1 ގައި މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމުގެ ކުރިން ފުރާވަޑައިގެންނެވި ގޮތަށް ގާސިމް ހުންނެވީ ތައިލޭންޑްގައެވެ.

ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ފާހަގަކުރަމުންދާ ގޮތުގައި ގާސިމް ހައްޔަރުކުރަން އަމުރު ނެރުނު ޚަބަރު ވީޓީވީ އިން ގެނެސްދީފައި ނުވަނީ ވީޓީވީ ވެސް 'ފްރީޒް' ކޮށްލާނެ ކަމުގެ ބިރަށްޓަކައި ކަމަށެވެ.

ފަހަރެއްގައި އެގޮތަށް އެކަންވުމަކީ ވެސް އެކަށީގެންވާކަމަކެވެ. ނުވަތަ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން އިތުރުކުރެއްވުމަށް ފްލެޓް ދެއްވާ ޓޫރިޒަމް މިނިސްޓަރ އަދީބަށް ގާސިމްގެ އިޚްލާސްތެރިކަން ދެއްކެވީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ.