Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ބެންކޮކްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ތައިލެންޑްގެ ބެންކޮކްގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ތ ތިމަރަފުށީ، މުއާވިއަތު މޫސާ އެވެ. އޭނަ އަކީ 30 ވަރަކަށް އަހަރުގެ މީހެކެވެ.

މުއާވިޔަތު މަރުވެފައިވާ އޮއްވައި ފެނުނުކަން ފޮރިން މިނިސްޓަރީން މިހާރު ވަނީ އާއިލާ ވެސް އަންގާފައި ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ރަސްމީކޮށް އެެއްވެސް އެއްޗެއް ބުނެފައެެއް ނުވެ އެވެ.

މުއާވިޔަތުގެ މަރާ ގުޅޭ އިތުރު ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.