Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ޔޫކޭގައި ތިބި ދިވެހިން ރަޖިސްޓްރީވާން އެދިއްޖެ

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި ތިބި ދިވެހިން އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރަން އެދިއްޖެ އެވެ.

ހައި ކޮމިޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ހުރިހާ ދިވެހިން [email protected] މެދުވެރިކޮށް ހައިކޮމިޝަނުގައި ރަޖިސްޓްރީވުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.
އަދި ފޯނު +44 (0)2072242135 ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] މެދުވެރިކޮށް ހައިކޮމިޝަނަށް ގުޅައި މައުލޫމާތުތައް ސާފުކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ސައުޕޯޓުގައި ކުޑަކުދިންނަށް ނަށަން ދަސްކޮށްދޭ ކްލާހަކަށް ވަދެ ތިން ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ މަރައިލި ހާދިސާ މުސްލިމުންނާ ގުޅުވައި، އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ދިވެހިން ސަމާލުވެ ތިބުމަށް މީގެ ކުރިން ވެސް ހައި ކޮމިޝަނުން އެދިފައިވެ އެވެ.