Last Updated: June 11, 10:02
Thursday, June 11, 2026
ޚަބަރު

މަސް ގަންނަން މިފްކޯގެ ބޯޓްތަކެއް ހަރަކާތްތެރި ވަނީ

ރާއްޖޭގެ މަސްވެރިކަން މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ އިރު، މަސްވެރިން ބާނާ މަސް މިފްކޯ އަށް ގަތުމަށްޓަކައި މާލެ ސަރަހައްދާއި މެދުރާއްޖެ ތެރޭގައި މިފްކޯގެ ބޯޓުތައް ހަރަކާތްތެރިވާން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މާލެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ މިފްކޯގެ "ރަންދީ 20" ކަމަށެވެ. މީގެ އިތުރުން ލ. އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ސަރަހައްދުގައި "މަހާ ކަލަމިންޖާ" ބޯޓު ހަރަކާތްތެރިވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މިހާރު ވެސް "ރަންދީ 23" މ. އަތޮޅުން މަސް ގަންނަމުން އަންނަ ކަމަށެވެ.

މިފްކޯ އިން މީގެ ސަބަބުން މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، މަސްވެރިންގެ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށެވެ.