Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ލޭނު މަސްވެރިކަމުގެ ގަވާއިދަށް ހިޔާލު ހޯދަނީ

ލޭނު މަސްވެރިކަމަށް ކޯޓާ ވިއްކަން ހިމަނައި އެކަމާ ގުޅޭ ގަވާއިދަށް ހިޔާލު ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ޑްރާފްޓްގައި ވަނީ މަސްވެރިކަމުގައި އަމާޒުކުރާ ބާއްވަތްތަކުގެ ކޯޓާ ވިއްކާނެ އަގުތައް ވެސް ހިމަނައިފަ އެވެ. އޭގައިވާ ގޮތުން ލޯ ބޮޑު ކަންނެއްޔާއި ރީނދޫ އުރަހަ ކަންނެއްޔާއި ހިބަރުގެ ކޯޓާގެ އަގަކީ 20،000ރ. އެވެ. ކޯޓާ ވިއްކާނީ 10 މެޓްރިކް ޓަނުގެ ބްލޮކެއްގެ ގޮތުގައި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ލޭނު މަސްވެރިކަން ކުރުމަށް ދޫކުރާ ލައިސަންސާއި ކޯޓާގެ މުއްދަތަކީ ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލެވެ.

އާ ގަވައިދަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ މި މަހުގެ 18 އާ ހަމައަށެވެ. ހިޔާލު ހުށައަޅާނީ މިނިސްޓްރީގެ މި [email protected] މެއިލަށެވެ.