Last Updated: July 27, 17:35
Monday, July 27, 2026
ޚަބަރު

މުޒާހަރާކުރި ބިދޭސީން ޑިޕޯޓްކުރާނެ، ނިންމުން ބަދަލެއް ނުވޭ

ބަންގްލަދޭޝްގައި މިދިޔަ މަހު ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅުވައި ތިނަދޫ ސިޓީގައި އުޅޭ ބަންގްލަދޭޝްގެ ބަޔަކު މުޒާހަރާކުރި މައްސަލައިގައި އެ މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ޑީޕޯޓް ކުރަން ސަރުކާރުން ނިންމި ނިންމުން ބަދަލު ނުވާ ކަމަށާއި އެކަން އެގޮތަށް ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ތިނަދޫގައި މުޒާހަރާ ކުރި މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރަން މިނިސްޓްރީން ނިންމުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ ނިންމުން ބަދަލު ކުރަން ގޮވާލި އެވެ.

ނަމަވެސް މިނިސްޓްރީން ބުނީ ޑީޕޯޓްކުރަން ނިންމި "ސްޓޭންޑް" އަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. މިނިސްޓްރީން ބުނީ އެ މީހުން ޑީޕޯޓް ކުރަން ނިންމީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެތީ ކަމަށެވެ، އަދި އެއީ ވިސާ ވައިލޭޝަނެއް ކަމަށްވާތީ އެވެ.

ތިނަދޫގައި ބިދޭސީން މުޒާހަރާކުރި މައްސަލަ އެޗްއާރްސީއެމުން ބަލަމުން އަންނަ ކަމަށް އެތަނުން ބުނެފައިވެ އެވެ.