Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ރާއްޖެ ޓީވީގެ ކެމެރާ ފެނުމުން އީސަގެ ހާލު "ސީރިއަސް"!

މެއި 1 ވަނަ ދުވަހު މުޒާހަރާގައި ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކުރީ ވަރަށް ލާއިންސާނީ ގޮތަކަށް ކަމަށް ވިދާޅުވެ ކެނދިކުނޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ދެއްކެވި ވާހަކަތަކީ ދޮގެއް ކަމަށް ބުނެ ގިނަބަޔަކު ސޯޝަލް މީޑިޔާގައި އޭނާ އަށް ފާޑު ކިޔަމުން އެބަގެންދެއެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކުގެ ތެރެއިން އީސަ ރާއްޖެ ޓީވީ އާށް އިންޓަވިއު ދިން އިރު އޭނާގެ ކަނދުރާގައި ކެވިކަލް ކޮލާއެއް އަޅުވާފައި ހުރި ނަމަވެސް ދެވަނަ ފޮޓޯއިން ފެންނަގޮތުން އޭނާ ހަވީރަށް އިންޓަވިއު ދިން އިރު ކެވިކަލް ކޮލާ އަޅުވާފައެއް ނެތެވެ.

މުޒާހަރާގެ ތެރެއިން އޭނާ ހައްޔަރުކުރީ އަނިޔާ ލިބުނު ފުލުހަކު ސަލާމަތް ކޮށްގެން ގެންގޮސް، ފުލުހުންނާ ހަވާލުކޮށްފައި ދަނިކޮށް، އަސްރަފީ ބުކްޝޮޕް ކައިރިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްގެ ކުރިން އިންޒާރުގެ ކޯލެއް އޭނާ އަށް ލިބުނު ކަމަށާއި ފަހުން އެނގުނު ގޮތުގައި އެއީ ކެނދިކުޅުދޫގެ ޒުވާނެއް ކަން ފަހުން އެނގިވަޑައިގެންނެވިކަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ އެމްވީ" އަށާއި ހަވީރަ"ށް އީސަ ދިން އިންޓަވިއުގައި ވެސް ފުލުހުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ވިދާޅުވާއިރު ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކަށް ފުލުހުން އަނިޔާކޮށްފައި ނުވާނެ ކަމަށާއި ހައްޔަރު ކުރި މީހަކަށް އަނިޔާއެއް ލިބިފައިވާނަމަ އެއީ، ހައްޔަރުކުރުމުގެ ތެރޭގައި ލިބިފައިވާ އަނިޔާއެއް ކަމަށެވެ.