Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހަރުކަށި ފިކުރާ ގުޅޭ ފޯރަމެއް ފަށައިފި

ހަރުކަށި ފިކުރާ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފޯރަމެއް ފަށައިފި އެވެ.

ޑިފެންސް މިނިސްޓްރީން އިންތިޒާމުކޮށްގެން "ޔުނައިޓެޑު ފޯ އަ ޕީސްފުލް އެންޑް ރެސިލިއަންޓު މޯލްޑިވްސް" ގެ ނަމުގައި އިއްޔެ ފެށި ފޯރަމްގައި އިސްކޮށް ހުންނަވަނީ މިނިސްޓަރު ގައްސާން މައުމޫނެވެ.

ޑިފެންސުގެ އިތުރުން ފޯރަމްފައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި އަދި ހޯމް މިނިސްޓްރީ އާއި އެމްއެންޑީއެފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ފަރާތްތަކުން ބައިވެރިވެ އެވެ.

މި ފޯރަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ދެ ދުވަހަށް ކުރިއަށް ގެންދާ ފޯރަމްގައި ތެރޭގައި އެއް އިދާރާއަކުން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމަޢި ސިޔާސަތު އެކުލަވާލުމުގެ މަޝްވަރާތައް ކުރެވޭނެ ކަމަށެވެ. އަދި ރާއްޖެ އާއި ބައިނަލްއަގުވާމީ އިދާރާތަކުން އެކުގައި މަސައްކަތް ކޮށް ހަރުކަށި ފިކުރާ ދެކޮޅު އަދި އެފަދަ ފިކުރުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ މުޖުތަމައެއް ބިނާކުރުމަށް ކުރެވެން ހުރި ކަންކަން ފޯރަމުގައި ދެނެގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.