Last Updated: July 27, 16:45
Monday, July 27, 2026
ޚަބަރު

އިންޓަނެޓް ބޭންކިން އަށް އަނެއްކާ ވެސް މައްސަލަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓް ބޭންކިން އަށް އަނެއްކާ ވެސް މައްސަލަތަކެއް ދިމާވެއްޖެ އެވެ.

ގައުމީ ބޭންކުން މިއަދު ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި މިހާރު އެޕަށް ވެސް ނުވަދެވޭ ކަމަށެވެ. އެހެންވެ އެ މައްސަލަ ގައްލު ކުރަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. އަދި މިކަމާ ހެދި ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫ އެރި އެވެ.