ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ހިތަދޫ ބޮޑުމަގުގައި ހުންނަ އާގަލާ މާޓް ކައިރީގައި ހިނގި މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިންމީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.
މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ކޮންޓްރޯލް ނުވެގެން ގޮސް ކާރުގައި ޖެހިގެންނެވެ.
މިއަދު ހެނދުނު ވެސް ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގައި ޖެހި އެކްސިޑެންޓެއް ވަނީ ވެފައެވެ. ނަމަވެސް އެ އެކްސިޑެންޓްގައި އެއިން އެއްވެސް ދަރިވަރަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
