Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ދުވަސްވީ މީހަކަށް ބިރު ދައްކައި ފޭރިއްޖެ

ބޭސްފަރުވާއަށް މާލެއަށް ގޮސް ހުރި އުމުރުން ދުވަސްވީ މީހަކަށް ބިރުދައްކާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ބޭސްފަރުވާއަށް މާލެއަށް އައިސްއުޅެނު މީހަކު ކުށްޔަށް ހުރި ކޮޓަރިއަށް ބަޔަކު ވަދެ އަނިޔާކޮށް ބިރުދައްކާ ފޭރުނު މައްސަލައެއް އިއްޔެ ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ.

ބިރުދައްކާ އަނިޔާކޮށް ފޭރިފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުންނެވެ. ފުލުހުން ބުނެފައިވަނީ އެމީހާގެ ފޯނާއި ފައިސާ ފޭރެގަނެފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.