Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އޭއީއެޗްގެ ހިދުމަތްތަކަށް މިހާރު ކާޑުން ފައިސާ ދެއްކޭނެ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހޯދާ ހިދުމަތްތަކަށް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޮއިންޓް އޮދް ސޭލް (ޕީއޯއެސް) ސިސްޓަމެއް ބަހައްޓާފައިވާ ކަމަށެވެ. އެހެންވެ މިއީ ހިދުމަތް ހޯދާ މީހުންނަށް ޓްރާންސެކްޝަން ހަދަން ލިބުނު ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބުންނެވެ.

މި ހިދުމަތް އޭއީއެޗްގައި ތައާރަފު މި ކުރީ މިކަމަށް ވަރަށް ގިނަ ބަޔަކު އެދެމުން ވެސް ދަނިކޮށެވެ. އަތޮޅުތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް، އޭއީއެޗަކީ 2020 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ތަނެކެވެ.