Last Updated: April 29, 18:17
Monday, April 29, 2024
ޚަބަރު

އައިއެމްޑީސީން ކަރަންޓް ކަނޑާލަން ޖެހޭ: ފެނަކަ

ކަރަންޓް ކަނޑާލުމުން އައިއެމްޑީސީ ހޮސްޕިޓަލް އުއްބައްތިން ދިއްލާފައި. ފޮޓޯ: އައްޑޫލައިވް

އައިއެމްޑީސީން ކަރަންޓް ކަނޑާލީ ފެނަކަ ކޯޕަރޭޝަން އަމަލު ކުރާ ކަރަންޓްގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދާ އެއްގޮތަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިއެމްޑީސީއާ މެދު ވެސް އެކުންފުނިން އަމަލު ކުރީ ފެނަކައިގެ އެހެން ކަސްޓަމަރުންނެކޭ އެއް ފަދައިންއިން ކަމަށެވެ. އަދި ކަރަންޓް ބިލާ ހަވާލު ނުވާ ނަމަ، އޮންނަ އުސޫލުގެ ތެރެއިން ނޯޓިސް ފޮނުވުމަށް ފަހު ކަރަންޓް ކަނޑާލާނެ ކަމަށް ފެނަކައިން ބުންޏެވެ.

11127669_476570705835009_1494689776340364528_o
ކުރީގެ ހެލްތު މިނިސްޓަރ ޑރ. މަރިޔަމް ޝަކީލާގެ މަސްލަހަތު ހިމެނޭ އައިއެމްޑީސީ ހޮސްޕިޓަލުން މިދިޔަ އަންގާރަ ދުވަހު ކަރަންޓް ކަނޑާލިއިރު 7 ބަލި މީހަކު އެޑްމިޓްކޮށްފައިވާ އިރު ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް ތިއްބެވެ.

އައިއެމްޑީސީން ކަރަންޓް ކަނޑާލި މައްސަލަ އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރު އަލީ ނިޒާރު ސިފަކުރައްވާފައިވަނީ ބައިނަލް އަގްވާމީ ބޮޑު ޖަރީމާއެއް ގޮތަށެވެ.

ނިޒާރު ވިދާޅުވީ ހަނގުރާމަ ތަކުގައި ވެސް ހޮސްޕިޓަލާއި، ސިއްހީ ހިދްމަތްދޭން ހުންނަ ކޭމްޕް ތަކަަށް ހަމަލާ ނުދޭ ކަމަށާއި އެތަންތަނަކީ ހިމާޔަތް ލިބިގެންވާ ތަން ތަން ކަމަށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ، މި އަމަލަކީ ޔަހޫދީން ހިންގާކަހަލަ ލާއިންސާނީ އަމަލެއްކަމަށެވެ.

އައިއެމްޑީސީން ކަރަންޓް ކަނޑާލާފައިވަނީ މާޗް މަހުގެ ބިލް އެންގުމަކާއި ނުލައި ދެ ގުނަ ބޮޑުކޮށްފައިވާތީ އެކަން ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ސިޓީ ފޮނުވާފައި ވަނިކޮށް، އެސިޓީއަށް ޖަވާބު ދިނުމަކާއި ނުލައެވެ.

ފެނަކަ ކޯޕަރޭޝަނުން ދެމުން ދިޔަ ކަރަންޓްގެ ހިދްމަތް ކަނޑާލުމާއި ގުޅިގެން އެ ހޮސްޕިޓަލުން މިހާރު ހިންގަމުންދަނީ އަމިއްލަ ކަރަންޓްގައެވެ.