Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފެނަކައިގެ 4 ޕްރޮޖެކްޓެއް ނިންމާނެ ބަޔަކު ހޯދަނީ

ފެނަކައިގެ ހަތަރު ޕްރޮޖެކްޓެއް ނިންމާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މީގެ ތެރޭގައި ހިމެނެނީ ށ. މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ. ދިއްދު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުށީގައި އިމާރާތްކުރަމުން އައި އިންޖީނުގޭގައި ނުނިމިހުރި މަސައްކަތްތަކެވެ.

ފެނަކަ އިން ބުނީ އިން-ހައުސްކޮށް ނުވަތަ (ފެނަކައިގެ މުވައްޒަފުން) ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑު ތަނުން ޚަރަދު ކުޑަވެފައި ލުއިފަސޭހަވެގެން ދާނެ ކަމަށެވެ.

އެހެންވެ ބަޔަކާ ހަވާލުކޮށްގެން ހިންގުމައް އިއުލާނުކުރި 4 މަޝްރޫއަކީ ކުރީގެ މެނޭޖްމަންޓުން އިންހައުސްކޮށް ކުރިއަށް ގެންދަމުން ދިޔަ ހަތަރު ޕްރޮޖެކްޓެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ނުއަގުގަ އެވެ.