ބިރުވެރި ފިލްމްތައް ހެދުމަށް މަޝްހޫރު ވިކްރަމް ބަޓްގެ އާ ފިލްމް "ކްރީޗާ" އަށް ބިޕާޝާ ބާސޫ ސޮއިކޮށްފަ އެވެ.
މިކަން ބިޕާޝާ ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ މިއީ އަނެެއްކާ ވެސް އާ ތަޖުރިބާއެއްކޮށްލަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި ފިލްމަކީ އޭނާގެ ކަސްރަތީ ދުނިޔެ އަށް އިތުރު ކުރިއެރުމެއް ގެނެސް ދޭނެ ފިލްމެެއް ކަމަށް ވެސް ބިޕާޝާ ބުންޏެވެ.
ބިޕާޝާގެ ކެރިއަރުގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ރާޒް" އާއި "ރާޒް 3" ވެސް ޑައިރެކްޓްކޮށްފައިވާ ވިކްރަމްގެ އާ ފިލްމް "ކްރީޗާ"އަކީ އޭނާގެ ޕްރޮޑަކްޝަން ހައުސް އަސާ އާއި ޓީ ސީރީޒް ގުޅިގެން އުފައްދާ ފިލްމެކެވެ.
ވިކްރަމް ބުނީ "ކްރީޗާ"އަކީ އޭނާ ވެސް އާ ޖޯންރާއަކަށް ދާނެ ފިލްމަކަށް ކަމަށެވެ. އެގޮތުން ޕްލޮޓް އެނބުރެނީ ސައިންސް ފިކްޝަން ހާދިސާތަކެެއްގެ ތެރޭގަ އެވެ. ވިކްރަމް ބުނީ "ކްރީޗާ" އަކީ ހޮލީވުޑްގެ ފިލްމްތައް ކަމަށްވާ "ޖުރަސިކް ޕާކް" އާއި "ޕްރެޑޭޓާ" ފަދަ ފިލްމެއް ކަމަށެވެ. އަދި މިއީ އިންޑިއާގައި މި ވައްތަރުގެ ފިލްމެެއް ހަދާ ފުރަތަމަ ފަހަރުކަން ވެސް އޭނާ ފާހަގަ ކުރި އެވެ.
އަންނަ މެއި މަހުގެ ތެރޭގައި ޝޫޓިން ފަށާ "ކްރީޗާ" ގެނެސް ދިނުމަށް ހަމަޖެހިފައިި ވަނީ 3ޑީ ކޮށެވެ.