Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ހިލޭ ހިންގާ ފޮޓޯގްރަފީ ކޯހަކަށް ހުޅުވާލައިފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފޮޓޯގްރަފީ ކޯހަކަށް ހުޅުވާލައިފި އެވެ.

އެތަނުން މިއަދު ބުނީ ނެޝަނަލް ސެޓްފިކެޓް 3 އިން ފޮޓޯގްރަފީ ކިޔެވުމުގެ ފުރުސަތު 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިއީ މުޅިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ.

ހަމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ފޮޓޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ޝަރުތަކުގެ ތެރޭގައި އަސާސީ ތައުލީމު ނުވަތަ ގުރޭޑް 6 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަތުން ހިމެނެ އެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ.

ޕޮލިޓެކްނިކުން ބުނީ ފޮޓޯގްރަފީ ކޯހުގެ މަގުސަދަކީ ޒުވާނުންގެ ހުރި ފޮޓޯ ނެގުމުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ފޮޓޯނެގުމުގެ އާ އުކުޅުތައް ދަސްކޮށްދީ އެ ދާއިރާ އިން ކުރިއަށް ދާން މަގުފަހިކޮށް ދިނުން ކަމަށެވެ.