Last Updated: July 27, 11:37
Sunday, July 27, 2025
ކުޅިވަރު

ޕެޕޭ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު، ޕެޕޭ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ޕެޕޭ ،41، ކުޅުން ހުއްޓާލިކަން އިއުލާންކުރަން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ވަނީ އޭނާގެ ދިގު ކެރިއަރުގައި އެހީވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 141 މެޗު ކުޅެދިން ޕެޕޭ އަކީ އެޓީމަށް ދެވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. ޕޯޗުގަލްއާއެކު 2016 ގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ޕެޕޭ ކާމިޔާބު ކުރިއިރު، ޕެޕޭ އަކީ ޔޫރޯގެ ތާރީހުގައި ވެސް އެ މުބާރާތުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ޕެޕޭގެ މުޅި ކެރިއަރަށް ބަލާއިރު އޭނާ ވަނީ، ސްޕެއިންގެ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ޕޯޓޯގެ އިތުރުން ތުރުކީގެ ބެސިކްޓާސް އަށް ވެސް ކުޅެފަ އެވެ. ކްލަބް ކެރިއަރު ނިންމާލީ ޕޯޓޯ އިންނެވެ. ޕެޕޭ ވަނީ އޭނާގެ މުޅި ކެރިއަރުގައި 878 މެޗު ކުޅެ، 34 ތަށި ހޯދައިފަ އެވެ.