Last Updated: July 14, 06:01
Tuesday, July 14, 2026
ކުޅިވަރު

ޕާކިސްތާނަށް 40 އަހަރަށްފަހު އޮލިމްޕިކްސް އިން ރަން މެޑަލެއް

ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ޕާކިސްތާނުން ރަން މެޑަލެއް ހޯދައިފި އެވެ.

އޮލިމްޕިކްސްގައި ޕާކިސްތާނަށް ރަން މެޑަލް ހޯދައިދިނީ ޖެވެލިން ތުރޯ އިވެންޓްގައި، އަރުޝަދު ނައީމް އެވެ. މި އިވެންޓުން އަރުޝަދު ރަން މެޑަލް ހާސިލުކުރީ 92.97 މީޓަރު ދުރަށް އެއްލައިގެންނެވެ. މިއީ އޮލިމްޕިކް ރެކޯޑެކެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ އިންޑިއާގެ ނީރަޖް ޗޮޕްރާ އެވެ. އޭނާ އަކީ އެންމެފަހުން ބޭއްވި އޮލިމްޕިކް ގޭމްސްގައި މި އިވެންޓުން ރަން މެޑަލް ހޯދި އެތްލީޓެވެ. އަދި ލޯ މެޑަލް ގެންދިޔައީ ގްރެނާޑާގެ އެންޑަސަން ޕީޓާސް އެވެ.

މިއީ 40 އަހަރަށް ފަހު އޮލިމްޕިކް ގޭމްސްގައި ޕާކިސްތާނުން ހޯދި ފުރަތަމަ ރަން މެޑަލެވެ. އެންމެފަހުން ޕާކިސްތާނުން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދީ 1984 ވަނަ އަހަރު ހޮކީންނެވެ. އަދި މިއީ މިފަހަރުގެ ގޭމްސްގައި

މި ކާމިޔާބީއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އަރުޝަދަށް މަރުހަބާ ކިޔައި އޭނާ މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.