Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ސަރުކާރުގައި ތިބި އޭޕީގެ މެންބަރުން ވަކިކުރާކަށް ނެތް: ރައީސް

ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުން މަޤާމުން ވަކިނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެބޭފުޅުންނަށް ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިގޮތުގައި އެ މިނިސްޓްރީގައި ތިއްބަވާ އަދާލަތު ޕާޓީގެ މެންބަރުންނާއި ރައީސް އޮފީހުގައި ބައްދަލުކުރައްވައި ،އެބޭފުޅުން ސަރުކާރުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާނަމަ އެބޭފުޅުން ވަކިނުކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވެފައިވާއިރު މެއި 1 ވަނަ ދުވަހު ބޭއްވި މުޒާހަރާ އާޢި ގުޅިގެން އަދާލަތު ޕާޓީޣެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ހައްޔަރުކުރުމާއި ގުޅިގެން އަދާލަތު ޕާޓީގެ ފަރާތުން ވަނީ ސަރުކާރުގައި ތިއްބެވި އެޕާޓީގެ މެންބަރުން ސަރުކާރުން ވަކިވުމަށް އަންގައިފައެވެ.

އަދާލަތު ޕާޓީގެ އެންގުމާއި އެއްގޮތަށް ސަރުކާރުން ވަކިވެފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު އެކަންޏެވެ. އެހެން ނަމަވެސް އެބޭފުޅާވެސް އިސްތިއުފާދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.