Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ހުތުބާގެ އިނގިރޭސި ސަބްޓައިޓަލް ފެންނަ ގޮތް ހަދައިފި

ހުކުރު ހުތުބާގެ އިނގިރޭސި ސަބްޓައިޓަލް ޓީވީން ފެންނަ ގޮތް މިއަދު ހަދައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުކުރު ހުތުބާގެ ލައިވް ޓްރާންސްލޭޝަން ސަބްޓައިޓަލް އިސްލާމީ މަރުކަޒުގެ ޓީވީތަކަށް އަލަށް މިއަދު އަރަން ފަށާފައިވާ ކަމަށާއި އަންނަ ހަފްތާގައި ހުރިހާ ޓީވީ ތަކަށް ވެސް ތަރުޖަމާގެ ފީޑް ދެވޭނެ ކަމަށެވެ.

އަދި މިއަދުގެ ހުކުރު ހުތުބާ އަކީ ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ހުތުބާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. މިއަދުގެ ހުކުރު ހުތުބާ ލިޔުއްވީ އަންހެން އިލްމުވެރިއެއް ކަމަށްވާ ހައްވާ ލަތީފް އެވެ.

ހުކުރު ހުތުބާގެ އިނގިރޭސި ސަބްޓައިޓަލް ޓީވީން ފެންނަ ގޮތް ހަދާފައިވާއިރު، އިޝާރާތުގެ ބަހުން ވެސް ހުތުބާ ލައިވްކޮށް އަންނަނީ ގެނެސްދެމުންނެވެ.