Last Updated: May 12, 12:08
Monday, May 12, 2025
ކުޅިވަރު

ޕެޕް ގާޑިއޯލާ ބަޔާން މިޔުނިކަށް!

ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ މި އަންނަ ސީޒަންގައި ބަޔާން މިޔުނިކާ ގުޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބާސެލޯނާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު މެނޭޖަރަކަށް ވެފައިވާ ގާޑިއޯލާ ބަޔާންއާއި އެކު 3 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަޔާންގެ އޮފިޝަލަކު ބުނެފައި ވަނީ ދުނިޔޭގެ ބޮޑެތި ޓީމް ތަަކުން ގާޑިއޯލާ ގެންނަން މަސަތްކަތް ކުރަމުންދާ ވަގުތެއްގައި އެ ޓީމާއި ގުޅުމަށް ގާޑިއޯލާ އެއްބަސްވީތީ ވަރަށް އުފާކުރާ ކަމަށެވެ.

ބާސެލޯނާގައި ގާޑިއޯލާ ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް ގިނަ ކާމިޔާބީ ތަކެއް ހޯދަ ދީފައެވެ. އަދި ބާސެލޯނާ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމަށް ވެސް ވެގެން ދިޔައީ ގާޑިއޯލާގެ ކޯޗު ކަމުގަ އެވެ.
ޕެޕް ގާޑިއޯލާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.