Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މި މަހުގެ ފުރަތަމަ ހަ ދުވަހު 38،000 ޓޫރިސްޓުން

މި މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އަށް 38،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ހަ ދުވަހު ރާއްޖެ އަށް ވަނީ 38،759 ޓޫރިސްޓުން އައިސްފަ އެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،221،816 އަށް އަރާފަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،579 ފަތުރުވެރިންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 168،624 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 130،908 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 107،583 ޓޫރިސްޓުންނާ އެކީގަ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.