Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މާރާމާރީ ހިންގި މީހަކު ހޯދަނީ

މާރާމާރީގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ ގއ. ދާންދޫ، ހިތަށްފިނިވާގޭ މުހައްމަދު ޝާކިރު، 48، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ބަލަމުން އަންނަ އަންނަ، މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ފޭސް 1 ޕޮލިސް ސްޓޭޝަން ޝާކިރު ހާޒިރުވާން އަންގާފައިވެ އެވެ.