Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

އަނިޔާވެރިކަން އިތުރުވެ އަދުލު އިންސާފު މިވަނީ ނެތި ގޮސްފައި: އާޒިމް

ދިވެހިރާއްޖޭގައި އަނިޔާވެރިކަން އިތުރުވެ އަދުލު އިންސާފު ނެތިގެން ގޮސްފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރާއްޖޭގައި އަނިޔާވެރިކަން އިތުރުވެ އަދުލު އިންސާފު މިވަނީ ނެތި ގޮސްފައިވާ ކަން ފާހަގަކުރައްވައި ކޮންމެ ބަޔަކު އިންވެސްޓްކުރަން އަޔަސް އަދުލު އިންސާފު ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން އިތުރަށް ބޮޑުވަމުންދާ ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް އެންމެންވެސް ނިކުންނަންޖެހޭ ކަމަށާއި ގޭގައި ތިބެންތިބުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެެހެން ނަމަވެސް އަނިޔާވެރިކަމާއި ދެކޮޅަށް ނިކުތީ ހުރިހާ ރައްޔިތުންގެ ޙައްޤުގައި ކަމަށާއި ކާނަލް ނާޒިމް އަށް ދިމާވިފަދަ ކަމެއް އެއްވެސް ރައްޔިތަކަށް ދިމާވުމަށް ނޭދޭތީ ކަމަށެވެ.

މީގެ އިތުރުން މޭޑޭގެ މުޒާހަރާގައި ބައިވެރިވިކަމަށް ބުނެ ވަޒީފާއިން ވަކިކުރި މީހުންނަށް އަލުން ވަޒީފާ ދިނުމަށް ވެސް އާޒިމް ވަނީ ގޮވާލައްވާފައެވެ.