Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

މައްކާގެ ޤުރުއާން މުބާރާތަކަށް 2 ދަރިވަރަކު ފުރައިފި

މައްކާގައި މިއަދު ފަށާ ޤުރުއާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާ ދެ ދަރިވަރުން ސައޫދީ ޢަރަބިއްޔާ އަށް ފުރައިފި އެވެ.

އިއްޔެ ފުރި ދެ ދަރިވަރުންނަކީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ޅ. ނައިފަރު ޝަޢަފް ޙާމިދު އިބްރާހިމާއި އައްޑޫ ހިތަދޫ ހިރާ ސްކޫލް ގްރޭޑް 9 ގައި ކިޔަވަމުން އަންނަ އަރީކް މުޙައްމަދު ޙާމިދެވެ.

މައްކާގައި ބާއްވާ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮ ދަ މެމޮރައިޒޭޝަން، ރެސައިޓޭޝަން އެންޑް އިންޓަޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާންގެ 44 ވަނަ މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ.