Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

ކާރިސާތަކަށް ތައްޔާރު މިންވަރު ވަޒަން ކުރަން ސާވޭއެއް

ގުދުދަރީ ގޮތުން ދިމާވާ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ސާވޭއެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

އެތަނުން ބުނީ މިއީ ދުރާލައި އަވަސް އިންޒާރު ދިނުމާއި ރިސްކު ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި މި އޮތޯރިޓީން ރިއަށް ގެންދާ ސާވޭއެއް ކަމަށެވެ.

ސާވޭގެ އެންމެ މުހިއްމު މަގުސަދަކީ ކާރިސާތަކަށް މުޖުތަމައުގެ ފަރުދީ ތައްޔާރީ ޙާލަތު ވަޒަންކުރުމާއި، ކާރިސާތަކަށް ހޭލުންތެރިކަން ހުރި މިންވަރު ދެނެގަނެ، މުޖުތަމައުގެ ރިސްކް ކޮމިއުނިކޭޝަން އިސްތިރާޖީތައް އަލުން ކަނޑައެޅުމެވެ.

އެހެންވެ މި ސާވޭގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެންޑީއެމްއޭ އިން ބުނީ ވިލުންވެރި ރައްޔިތަކު ތިބި ގައުމެއް ބިނާކުރުމަށްޓަކައި މި ސާވޭ އަށް އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިއްމު ކަމަށެވެ.