Last Updated: July 27, 13:31
Monday, July 27, 2026
ޚަބަރު

ރާއްޖޭގައި އަލަށް ދަނޑުވެރިކަމާ ގުޅޭ ބޯހިމެނުމެއް

ރާއްޖޭގައި އަލަށް ދަނޑުވެރިކަމާ ގުޅޭ ބޯހިމެނުމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދަނޑުވެރިކަން މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ މި ބޯހިމެނުމާ ގުޅޭ ސުވާލު ކަރުދާސް ޓެސްޓް ކުރުމާއި ދަނޑުވެރިންނާ ބައްދަލު ކުރުމަށް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިދިޔަ ހަފުތާގެ ތެރޭގައި ފ. އަތޮޅަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ދަނޑުވެރިކަމުގެ މި ބޯހިމެނުމަކީ އެގްރިކަލްޗަ މިނިސްޓްރީ ކއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެކެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމާއި މި ދާއިރާ އަށް މީހުން ބިނާކުރަން މިހާރުގެ ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުހިއްމު އެއް އަމާޒަކީ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމުގެ ގޮތުން ރާއްޖޭގައި ހެއްދޭ ބާވަތްތައް ހެއްދުމަށް މަގުފަހިކޮށް، އެކަމަށް ފުރުސަތުތައް ފަހިކޮށް ދިނުމެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މުހިއްމު ދާއިރާއެކެވެ.