Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ބަހްރެއިނަށް

ފޮރިން މިނިސްޓަރު ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ބަހްރެއިނަށް މިރޭ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހަތަރު ދުވަހުގެ މި ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަހްރެއިންގެ ފޮރިން މިނިސްޓަރާއެކު ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބަހްރެއިން ސަރުކާރުގެ އިސް ފަރާތްތަކާއި ވެސް ޒަމީރު ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަހަރަކީ ރާއްޖެ އާއި ބަހްރެއިންގެ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ.