Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ދެކުނުގައި ޓޫރިޒަމް ތަރައްގީ ކުރަން މަހާސިންތާއެއް

ސައުތް ޕާމް ރިސޯޓު މޯލްޑިވްސް

ދެކުނުގައި ފަތުރުވެރިކަން ތަރައްގީ ކުރަން "ސައުތު ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް2024" ގެ ނަމުގައި މަހާސިންތާއެއް މިއަދު ބޭއްވުމަށް ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހާސިންތާގެ މަޤްޞަދަކީ އައްޑޫ ސިޓީ، ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ތަޖުރިބާކާރުންނާއި މަޝްވަރާކުރުން ކަމަށެވެ.

އެގޮތުން، މި މަހާސިންތާގެ ތެރެއިން ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭނެ ކަންތައްތައް ފާހަގަކޮށް، މި ކަންތައްތައް ތަންފީޒުކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ކުރު އަދި މެދު ރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މި މަހާސިންތާގައި ދެކުނުގެ އަތޮޅުތަކުގައި ހިންގަމުންދާ އަދި ތަރައްޤީކުރަމުންދާ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނާއި، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއަރލައިން އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި، އެސޯސިއޭޝަންތަކާއި، ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުންނާއި އަދި ސަރުކާރުގެ އެކި ވުޒާރާތަކުން ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.