ފްރާންސްގެ ވެރިރަށް ޕެރިހުގައި އިއްޔެ ނިމިގެންދިޔަ އޮލިމްޕިކް ގޭމްސްގެ، މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އިން ހޯދައިފި އެވެ.
އެމެރިކާ އިން ވަނީ 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ކޮންމެ އޮލިމްޕިކްސެއްގައި ވެސް މެޑަލް ތާވަލުގެ އެއް ވަނަ ހޯދައިފަ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި އެމެެރިކާގެ 592 އެތުލީޓުން ވާދަކުރިއިރު، އެ ގައުމުން ވަނީ ޖުމްލަ 126 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 40 ރަން މެޑަލާއި 44 ރިހި މެޑަލް އަދި 42 ލޯ މެޑަލް އެވެ.
ދެ ވަނަ އަށް ދިޔަ ޗައިނާ އަށް ޖުމްލަ ލިބުނީ 91 މެޑަލް އެވެ. ޗައިނާ އިން ވަނީ 40 ރަން މެޑަލް ހޯދައިފަ އެވެ. އަދި 27 ރިހި މެޑަލާއި 24 ލޯ މެޑަލް ހޯދި އެވެ. ގޭމްސްގެ ތިންވަނަ އަށް ދިޔަ ޖަޕާނުން ވަނީ 45 މެޑަލް ހޯދައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ 20 ރަން މެޑަލާއި 12 ރިހި މެޑަލްގެ އިތުރުން 13 ލޯ މެޑަލް އެވެ.
މެޑަލް ތާވަލުގެ ހަތަރުވަނަ އޮސްޓްރޭލިއާ އިން ހޯދީ 53 މެޑަލާއެކު އެވެ. އެއީ 18 ރަން މެޑަލާއި 19 ރިހި މެޑަލް އަދި 16 ލޯ މެޑަލް އެވެ. މިފަހަރުގެ ގޭމްސް ބޭއްވި ފްރާންސަށް ލިބުނީ މެޑަލް ތާވަލުގެ ފަސްވަނަ އެވެ. ފްރާންސުން ވަނީ 16 ރަން މެޑަލް ހޯދައިފަ އެވެ. އަދި 26 ރިހި މެޑަލާއި 22 ލޯ މެޑަލް ފްރާންސުން ވަނީ ހޯދައިފަ އެވެ.
އޮލިމްޕިކް ގޭމްސް ދެން އޮންނާނީ 2028 ގައި ކަމަށްވާއިރު، ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ.