Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

މިސްކިތްތަކުގައި ޤުރުއާން ކްލާސް ހިންގަން 20 ހުށަހެޅުމެއް

މިސްކިތްތަކުގައި ހިލޭ ސާބަހަށް ގާރީ ކްލާސްތައް ހިންގަން ޝައުގުވެރިވާ ޙުޅުވާލި ފުރުޞަތަކުގައި މިހާތަނަށް 20 ރަށެއްގެ މިސްކިތުގައި ޤާރީ ކްލާސް ހިންގަން އެދި ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު މިއަދު ވިދާޅުވެއްޖެ އެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް މިނިސްޓަރު ނުދެއްވަ އެވެ.

މިސްކިތްތަކުގައި ހިލޭ ޤުރުއާން ކްލާސްތައް ހިންގަން ހުއްދަ ދޭން ނިންމައި، އެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވައިލީ މިދިޔަ މަހުގެ މަހުގެ 28 ގަ އެވެ. އަދި އެކަމަށް ދިން ސުންގަޑި ހަމަވާނީ މި މަހުގެ 15 އަށެވެ.

މިއީ މުޅި ރާއްޖެ އަށް ހުޅުވައިލި ފުރުސަތެކެވެ.