Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

މާލޭގައި ފެން ބޮޑުވެ، ފެން ހިއްކަނީ

ސިފައިން ވެލި ބަސްތާ ޖެހުމުގައި ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ފެންބޮޑުވެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެފައިވާއިރު ސިފައިން އަންނަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ވާރޭ ވެހި ފެންބޮޑުވެފައިވާ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް، ޕިއްޒާބޯނާ، ބޮޑުވަޅު، ދިރާގު އަދި ދަރުބާރުގެ ސަރަހައްދުގައި ފެންހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މީގެއިތުރުން ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.