Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މެޖިސްޓްރޭޓް ފާރޫގުގެ މައްސަލަ ބަލަން ޖޭއެސްސީގެ ވަފުދެއް ހިތަދޫ ކޯޓުގައި!

ހިތަދޫ މެޖިސްޓްރޭޓް ކޯޓް.

ސ.ހިތަދޫ 2 ފިހާރައަކުން މާޗް މަހުގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލި މައްސަލާގައި އެފިހާރަ ތަކަށް ކަރަންޓް ގުޅައިދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް އަމުރު ނެރުއްވި، މެޖިސްޓްރޭޓް އަބްދުﷲ ފާރޫގު އިބްރާހީމްގެ މައްސަލަ ބަލަން ޖޭއެސްސީގެ ވަފުދެއް ހިތަދޫ ކޯޓުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން މިއަދު ހަވީރު 4:00 އަށް ކޯޓަށް ހާޒިރުކުރުމަށް ފަހު ޖޭއެސްސީގެ ވަފުދުގެ ފަރާތުން ދަނީ ކޯޓުގެ ބައެއް މުވައްޒަފުންގެ ބަޔާންތައް ނަގަމުންނެވެ.

އަބްދުﷲ ފާރޫގުގެ އަރިހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބަޔާންތައް ނަގާފައިވާއިރު އޭނާއާއި މެދު މިއަދު ފިޔަވަޅު އަޅާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.