Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ސަރުކާރު ބަންދުވިޔަސް މާދަމާ ބީއެމްއެލް ހުޅުވާނެ

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވީ ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މާދަމާ ސަރުކާރު ބަންދު ކަމުގައި ވިޔަސް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބޭންކުތައް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާ ބީއެމްއެލް އިން ރަސްމީ ދުވަހެކޭ އެއްގޮތަށް ހިދުމަތް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުންނެވެ.