Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ ސީއީއޯއަކަށް އަޝްރަފު

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް އަހުމަދު އަޝްރަފު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އަޝްރަފާ މަރުހަބާ ކިޔައި ބުނެފައި އޭނައާ އެކީ ހޮސްޕިޓަލްގެ ހިދުމަތްތަކަށް އިތުރު ކުރިއެރުން ލިބި، އެތަނުގެ ހިދުމަތްތައް ކުރިއަށް ވުރެ ރަނގަޅުވެގެން ދާނެ ކަމަށެވެ.

ހޮސްޕިޓަލުން ކުރި ޕޯސްޓާ ގުޅިގެން އަޝްރަފު ވެސް ޝުކުރު އަދާކުރައްވައި ކުރިއަށް އޮތް ދަތުރާ މެދު ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ހުވަދު އަތޮޅުގެ މައި ހޮސްޕިޓަލެކެވެ. އެތަނަކޯ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ތަނެކެވެ.