Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

އެމްއެންޔޫގެ ފޮތް މައުރަޒު އަންނަ މަހު

ގައުމީ ޔުނިވަސިޓީން އަންނަ މަހު ފޮތް މައުރަޒެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އަންނަ މަހުގެ 12-14 އަށް ބާއްވާ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާޔްތަކަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނެ އެވެ. އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ގައުމީ ޔުނިވަސޓީން ބުނީ މި ފޮތް މައުރަޒަކީ ތަފާތު ބާވަތްތަކުގެ އެކި ފޮތްތަށް އާންމުކޮށް އިޝްތިހާރުކޮށް ވިއްކައި، އެކި ދާއިރާތަކުން ޒުވާނުންގެ މައުލޫމާތު މުއްސަނދިކޮށް، ޢިލްމު އުގެނުމާއި ފޮތް ކިޔުމަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް އަމާޒުކޮށް ބާއްވާ މައުރަޒެއް ކަމަށެވެ.