Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

މާލޭ ކައުންސިލްގެ އެސްޖީ ވަކިކޮށްފި

މާލެ ސިޓީ ކައުންސިލަރުންގެ މެދުގައި ބޮޑު ޒުވާބަކަށް ފަހު އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު މަގާމުން ވަކިކޮށްފިއެވެ.

އޭނަ މަގާމުން ވަކިކުރަން ކައުންސިލަށް ހުށައެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

އޭނަ ހުށައެޅުއްވި މައްސަލާގައި ބުނީ ކައުންސިލްގެ އެސްޖީގެ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތް ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަށް އަންނަ ސިޓީތަކަށް ޖަވާބުނުދެއްވުމާއި އަދި މައްސަލަތައް ހިމެނޭ މުވައްޒަފުން ވަކި ނުކުރުމާއި، ކައުންސިލުން އެކި ފަރާތަކަށް ދައްކަން ޖެހޭ ބިލުތަކަށް ފައިސާ ނުދެކުން ފަދަ ކަންކަން ވެސް އެސްޖީގެ މައްޗަށް ތުހުމަތުކޮށްފައިޮވެ އެވެ.

ވަޖީހު ނަސީރު މަގާމުން ވަކިކުރީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ނެގި ވޯޓްގެ މެޖޯރިޓީންނެވެ.