Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އާދަމް ރަމީޒު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އާދަމް ރަމީޒު ވަކިކޮށްފި އެވެ.

އޭނަ މަގާމުން ވަކިކޮށްފައި މި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރަމީޒުގެ ކުރީގެ އަނބިކަނބަލުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ މައްސަލައެއް ފެންމަތިވުމާ އެކު އޭނަ މަގާމުން ސަސްޕެންޑް ވެސް ކޮށްފައި ވަނިކޮށެވެ.

ރަމީޒު މަގާމުން ވަކިކުރި ޝަމްނާޒްގެ މައްޗަށް ދައުވާ ނުކުރަން މިހާރު އޮތީ ނިންމައިފަ އެވެ.

ރަމީޒަކީ ޝަމްނާޒަކީ ވެސް ކުރިން ރައީސް މުއިއްޒާ އެކީ މާލެ ސިޓީ ކައުންސިލްގެ މެންބަރުބން ކުރެއްވި ބައެކެވެ.