Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ބާ ކައުންސިލަށް އަލުން އެސްޖީއަކު ހޯދަނީ

ބާ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުޅުވައިލުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

ޝައުގުވެރިވާ މީހުންނަށް މިހާރު އެޕްލައި ކިރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 26 އާ ހަމައަށެވެ.

ބާ ކައުންސިލުން ބުނީ އެސްޖީގެ މަގާމަށް ކުރިމަތިލެވޭނީ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާ އެކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި 7 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށެވެ.

މަގާމުގެ އަސާސީ މުސާރަ އަކީ 40،500ރ. އެވެ.

މީގެ އިތުރުން މަސައްކަތާ ގުޅޭ ގޮތުން ދެވޭ އެހެނިހެން އެލަވަންސާއި ރަމަޟާން އެލަވަންސް އަދި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.