Last Updated: July 26, 22:48
Saturday, July 26, 2025
ޚަބަރު

ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލަށް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކޮށްފި އެވެ.

ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ގައުމީ މަޖިލިސް) އާ ހަވާލު ކުރުމަށް ނިންމައި، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފައި ކަމަށެވެ.

އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ފެށިފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ބީއޭއެމްގެ ދައުރު ހަމަވެފައިތާ މިހާރު ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ އިދާރާ ހިންގަވަން ހުންނެވި މޫސާ ނާޝިދު (މޫސަ) އާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ.