Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މޯލްޑިވިއަނަށް އިތުރު ބޯޓްތަކެއް ގެންނަނީ

މޯލްޑިވިއަންއަށް އޭޓީއާރް މަރުކާގެ ތިން މަތިންދާ ބޯޓު ގެންނަން ނިންމައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން (އައިއޭއެސް) އިއްޔެ ކުރި އިއުލާނެއްގައި ވަނީ އޭޓީއާރް 600-42 މަރުކާގެ ތިން މަތިންދާބޯޓު 15 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ.

މޯލްޑިވިއަންއަށް މި ބޯޓުތައް ފޯރުކޮށްދޭންޖެހޭ ތާރީހުތައްވެސް އިއުލާނުގައި ހިމަނާފައިވެ އެވެ. އެގޮތުން އެއް ބޯޓު މި އަހަރުގެ ޑިސެމްބަރަށް، އަނެއް ބޯޓު އަންނަ އަހަރުގެ އޮގަސްޓަށް އަދި ފަހު ބޯޓު 2026ގެ އޮކްޓޯބަރަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ މަތިންދާ ބޯޓު ގެންގުޅޭ ފަރާތްތަކަށާއި ބޯޓު ކުއްޔަށް ދޭ ކުންފުނިތަކާއި ކޮމާޝަލް ބޭންކުތަކަށް އަދި މާލީ ކުންފުނިތަކަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވަނަ ދުވަހެވެ.

މޯލްޑިވިއަނުން އަންނަނީ އުދުހުންތަކުގައި ވައިޑް ބޮޑީ މަތިންދާބޯޓް ބޭނުން ކުރަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެންނަން ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.