Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އޯކޭ ޒާހިރު ނިޔާވެއްޖެ

ރާއްޖެ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ކުރި މަސައްކަތުގެ ތެރޭގައި އިސްކޮށް ހަރަކާތްރެތިވެ ބޭފުޅުންގެ ތެރޭގައި ހިމެނެވަޑައިގަންނަވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެ އެވެ.

ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރުވި ޒާހިރު ނިޔާވީ ރޭ ފަތިހު ސްރީ ލަންކާގަ އެވެ. ޒާހިރަކީ ސްރީ ލަންކާގައި ދިރިއުޅުއްވާ ގެންދަވާ ބޭފުޅެވެ. އޭނަ ނިޔާވީ އާސިރީ ހޮސްޕިޓަލްގަ އެެވެ. ނިޔާވިއިރު ޒާހިރުގެ އަންބަކާއި 9 ދަރިން އެބަ ތިއްބެވެ.

ޒާހިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި އޭނަ އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ޒާހިރަށް 1993 ގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ލިބިފައިވެ އެވެ.