Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މިއަދު ވެސް ބޮޑު ސަހަހައްދެއް ޔެލޯ އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އެއީ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގަޑިއަކު 25-30 މޭލާ ދެމެދު ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ދުވަސްވަރު މުޅި ރާއްޖެ އަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ އިރު، މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ އަދި ވައި ގަދަވެ، އެކި ރަށްރަށަށް ގެއްލުންތައްވެފައިވެ އެވެ.