Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ފަށައިފި

އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ފަށައިފި އެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ނެގޫންގައި ކުރިއަށް ގެންދާ މި ސަމިޓްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ބައިވެރިވެވަޑައިން ވާހަކަ ދައްކަވާފައިވެ އެވެ. އަދި ސަމިޓްގައި ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އައްޑޫގެ މަޖިލިސް މެމްބަރިން ވެސް ބައިވެރިވެވަޑައިގަނެ އެވެ.

"ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ކުރިއަށް ދާނީ މިއަދު ހަވީރާ ހަމައަށެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ސަމިޓްގައި އައްޑޫގެ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ބައިވެރިވެ އެވެ. މި ސަމިޓްގެ އެންމެ ބޮޑު މަގުސަދަކީ އެންމެން ގުޅިގެން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ބްރޭންޑެއް ވުޖޫދުކޮށް، އެއާ ގޮތަށް ޓޫރިޒަމް ދާއިރާ ކުރިއަރުވަން މަސައްކަތްތައް ކުރުމެވެ.

މިއަދު ފެށި ސަމިޓްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާއި އައްޑޫގައި ޓޫރިޒަމަށް މިހާރު ގޮންޖެހުންތަކާއި އެ ދާއިރާ އަށް ކުރިއަރުވައި ފުޅާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާގައި ސްޓޭކްހޯލްޑަރުންނާ އެކީ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.