Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ހެދިކާއެއްގައި ފުޅިތޮށި، ކުއްޖަކު ޒަހަމްވެއްޖެ!

ކެއި ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިތޮށިގަނޑަކުން ކުއްޖަކު ޒަހަމްވެ، ފަރުވާ ދޭން ޖެހިއްޖެ އެވެެ.

މި ހާދިސާ އިއްޔެ ހިނގާފައި ވަނީ ތިނަދޫ ސިޓީގަ އެވެ. ޒަހަމްވި ކުއްޖާގެ އާއިލާ އިން ވަނީ ފޮޓޯތަކަކާ އެކީ އެ ވާހަކަ ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ.

އެ ޕޯސްޓްގައި ބުނެފައި ވަނީ ފުޅިތޮށިގަނޑެއް އޮތް ހެދިކާ އަކީ ތިނަދޫގެ ފިހާރައަކުން ގަތް ހެދިކާއެއް ކަމަށެވެ.

"ހެދިކާ ކެއިއިރު، ފުޅިތޮށިގަނޑެއް އަނގައަށް ވަދެ، ކޮއްކޮއަކު އަނގައިގެ އެތެރެ ކަފައިގެން ގޮސްފައި. މިއީ މި ރަށު ވަރަށް ގިނަ މީހުން ހެދިކާ ގަންނަ ތަނެއް،" ޕޯސްޓްގައި ބުނެފަައިވެ އެވެ. "ހެދިކާ ވިއްކާއިރު ސާފުތާހިރު ކަމަށް ބަލަން އެބަ ޖެހޭ."

މި ހާދިސާގައި ޒަހަމްވީ 12 އަހަރުގެ ކުއްޖެކެވެ.